10 މާރިޗު 2026
ރ. ހުޅުދުއްފާރު ކުންޏާއި ވަސީލަތްތައް މޭންޖްކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
އެ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވީ އެ ކަމަށް ޓަކައި ހުޅުދުއްފާރުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ހުޅުދުއްފާރު ކުންޏާއި ވަސީލަތްތައް މޭންޖްކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާއެވެ.