news photo

އާރު.ޓީ.އެލްގެ ޚިދުމަތަކީ ނ. އަތޮޅަށް ވަރަށް ޚާއްޞަ އަދި ނުހަނު ބޭނުންވެފައިވާ ކަމެއް:މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

26 ޖުލައި 2024

އާރު.ޓީ.އެލްގެ ޚިދުމަތަކީ ނ. އަތޮޅަށް ވަރަށް ޚާއްޞަ އަދި ނުހަނު ބޭނުންވެފައިވާ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކުރައްވައިގެން ސަރުކާރުގެ ދަތުރުފަތުރުގެ ވިޔުގައިގެ ތެރޭގައި ހިމެނޭ އާރް.ޓީ.އެލް.ގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް އެ އަތޮޅު ވެރިރަށް މަނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ފެށުނު ޚިދުމަތުގެ ސަބަބުން މަނަދޫގެ ރައްޔިތުންނަށް ޚާއްޞަކޮށް ނ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ހިދުމަތެއް ކަމުގައި މި ޚިދުމަތް ވެގެން ދާނެ ކަމުގައެވެ.

"އާރް.ޓީ.އެލގެ ޚިދުމަތަކީ ނ. އަތޮޅަށް ވަރަށް ޚާއްޞަ އަދި ނުހަނު ބޭނުންވެފައިވާ ކަމެއް. އަދި މި ފެށުނު ޚިދުމަތުގެ ސަބަބުން މަނަދޫގެ ރައްޔިތުންނަށް ޚާއްޞަކޮށް މި އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ" މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

އާރް.ޓީއެލް.ގެ ޚިދުމަތް މިއަދު ނ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރާއި، ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީނުގެ އިތުރަށް އެންވަޔަރުމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނ.އަތޮޅުގައި މި ފެށުނު އާރް.ޓީއެލްގެ ޚިދުމަތް މިއަދުން ފެށިގެން އަންނަ އޮގަސްޓްމަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ދަތުރުތައް ކުރެވޭނެ ގޮތް އެމް.ޓީ.ސީ.ސީން ވަނީ ހަމަޖައްސަވައިފައެވެ.