13 ފެބްރުއަރީ 2025
"ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ. މި ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގުޅިގެން ބާއްވާ މި ޙަރަކާތް އޮންނާނީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހެވެ.
ރޯދައަށް މާލެ ސާފުކުރުމުގެ މަޤްޞަދުގައި ބާއްވާ މި ޙަރަކާތުގައި، އޮގަނައިޒުކުރާ ދެ ވުޒާރާގެ އިތުރުން ތިރީގައި މިދަންނަވާ މުއައްސަސާތަކުން މުވައްޒަފުން ބައިވެރިވެލައްވައެވެ.
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން
2. މިނިސްޓްރީ އޮފް ޑިފެންސް
3. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
4. މިނިސްޓްރީ އޮފް ހެލްތު
5. އެމްޓީސީސީ
6. އާސަންދަ ކޮމްޕެނީ ލިމިޓެޑް
7. ސްޓެލްކޯ
8. އެމްޑަބްލިޔޫއެސްސީ
9. ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
10. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
11. މޯލްޑިވްސް ގޭސް
12. ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް
13. ވަޒީފާއާ ބެހޭ ޓްރެބިއުނަލް
14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް
15. މީރާ
16. ޓެކްސް އެޕީލް ޓްރަބިއުނަލް
17. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
18. ރައްޔިތުންގެ މަޖިލީހުގެ އިދާރާ
19. ވެމްކޯ
20. މާލޭ ސިޓީ ކައުންސިލްގެ އިދާރާ
"ރޯދަ ސާފު"ގެ ނަމުގައި ކުރިއަށް ގެންދާ ސާފުކުރުމުގެ މި ޙަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 6.15 ގައެވެ. މި ޙަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރެވޭނެއެވެ. އެ ގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރެވޭނެއެވެ.
ސާފުކުރުމުގެ ޙަރަކާތުގައި ބައިވެރިވެލައްވާ އެންމެހައި މުއައްސަސާތަކުގެ ވެރީންނަށް އެންމެ ފަހުގެ ތަފްޞީލުތައް ދެއްވުމަށް މިއަދު މެންދުރުފަހު މި ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވިދާޅުވީ، މަސައްކަތަށް ބޭނުންވާ އަންގިއާއި، ގޯންޏާއި، ބޯފެން ފަދަ އެއްޗެހި މި މިނިސްޓްރީން ފޯރުކޮށް ދެއްވާނެ ކަމަށެވެ. މިއީ "ރޯދަ ސާފު" ޕްރޮގްރާމާ ގުޅިގެން މި މިނިސްޓްރީގައި ބޭއްވި 2 ވަނަ ބައްދަލުވުމެވެ.